ނޫސް ބަޔާން: މިހާރު ނޫހުން މިއޮތޯރިޓީއާ ގުޅޭގޮތުން ޝާއިއު ކޮށްފައިވާ ހަބަރާގުޅޭ

ނަންބަރު: (PR)485/485/2021/4

ނޫސްބަޔާން

24 އޯގަސްޓް 2021 ގައި މިހާރު ނޫހުގައި ޝާއިޢު ކޮށްފައިވާ “ ރަސްދޫ ފެން ޕްލާންޓުގެ ހިދުމަތް ފެށުން ލަސްވަނީ ހުއްދަތައް ނުލިބޭތީ: ސްޓެލްކޯ“ ޚަބަރާއި ގުޅޭގޮތުން ދަންނަވަމެވެ. އއ. ރަސްދޫގެ ފެނުގެ ޚިދުމަތް ފެށުން ލަސްވަނީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ލިބެންޖެހޭ ހުއްދަތައް ލިބުން ލަސްވެގެންކަން ދޭހަވާ ގޮތަށް މިހާރު ނޫހުގައި ޝާއިޢުކޮށްފައިވާ ލިޔުމަކީ މި އޮތޯރިޓީގެ އެއްވެސް ބަހެއް ހޯދުމެއް ނެތި ޝާއިޢުކޮށްފައިވާ ޚަބަރެކެވެ. އަދި ދަންނަވަމެވެ. އއ. ރަސްދޫގެ ފެނުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ލައިސަންސަށް އެދި މި އޮތޯރިޓީއަށް މިހާތަނަށް ސްޓެލްކޯއިން ފޯމު ހުށަހަޅާފައި ނުވާކަން ފާހަގަ ކުރަމެވެ.

މި ފަދަ ޚަބަރުތަކަކީ މި އޮތޯރިޓީގެ ޒިންމާދާރުކަމާ ދޭތެރޭ އާއްމުންގެ ހިތުގައި ސުވާލު އުފެދޭ ފަދަ ލިޔުންތަކެއްކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. ވީމާ، އެއްވެސް ފަރާތަކުން މި އޮތޯރިޓީއާ ގުޅޭ ޚަބަރެއް ޝާއިޢުކުރުމުގެ ކުރިން މި އޮތޯރިޓީން މަޢުލޫމާތު ސާފުކުރެއްވުމަކީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނުހަނު ބާރު އަޅާ ކަމެކެވެ.

22 މުޙައްރަމް 1443
30 އޯގަސްޓް 2021