FaviconLogo

ޔުޓިލިޓީ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، އެންވަޔަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީން ޔޫ.އާރު.އޭ އަށް ޑްރޯން ހަވާލުކުރުން

ޔުޓިލިޓީ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި،  އެންވަޔަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީން  ޔޫ.އާރު.އޭ އަށް ޑްރޯން ހަވާލުކުރުން

ޔުޓިލިޓީ ޚިދުމަތްތައް ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އަށް ޑްރޯންތަކެއް ހަވާލުކޮށްފިއެވެ.

މި ޑްރޯންތައް ބޭނުންކުރުމުގެ މައިގަނޑު މަޤްޞަދަކީ ޔުޓިލިޓީ ޚިދުމަތްތައް މޮނިޓަރކުރުމާއި، އިންސްޕެކްޓްކުރުމުގެ އިތުރުން، ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރާ މިންވަރު ބެލުން މިހާރަށްވުރެ ހަރުދަނާކުރުމެވެ. މީގެ ސަބަބުން ފީލްޑް ސަވައިލަންސްގެ މަސައްކަތްތަކަށާއި، މަޢުލޫމާތު އެއްކުރުމަށާއި، އަދި ހިންގުމުގެ ދާއިރާގައި ގަވާއިދުތައް ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މިއީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، ރެގިއުލޭޓްކުރުމުގެ ނިޒާމުގެ ނަތީޖާ ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، މިއީ ދެ މުއައްސަސާގެ ޤާނޫނީ މެންޑޭޓާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މި އެއްބާރުލުމަކީ ދެ މުއައްސަސާ ގުޅިގެން، ޓެކްނޮލޮޖީގެ އެހީގައި ވިލަރެސްކުރެވިފައިވާ އަދި ހަރުދަނާ ރެގިއުލޭޓަރީ މާޙައުލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވުނު މުހިންމު ހަރަކާތެކެވެ.