FaviconLogo

‎ޔޫ.އާރު.އޭ އިން ފަރި ކެމްޕަސްގެ ކަރަންޓު، ފެން އަދި ނަރުދަމާ ނިޒާމުތައް އިންސްޕެކްޓްކޮށް ނިންމާލައިފި 

‎ޔޫ.އާރު.އޭ އިން ފަރި ކެމްޕަސްގެ ކަރަންޓު، ފެން އަދި ނަރުދަމާ ނިޒާމުތައް އިންސްޕެކްޓްކޮށް ނިންމާލައިފި 

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ.) އިން ފަރި ކެމްޕަސްގެ ކަރަންޓު، ފެން، އަދި ނަރުދަމާގެ ނިޒާމު އިންސްޕެކްޓްކޮށް ނިންމާލައިފިއެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ ހަކަތައިގެ ޚިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރި ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދުގައި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އިންސްޕެކްޝަނަކީ ލައިސަންސް ދޫކުރެވޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތް، ގަވާއިދުތަކާ މިންގަނޑުތަކަށް ފެތޭ މިންވަރު ކަށަވަރުކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު (26/2020) އިން ޔޫ.އާރު.އޭ އަށް މަތިކޮށްފައިވާ ޒިންމާއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވިފައިވާ އިންސްޕެކްޝަނެކެވެ.