FaviconLogo

މާލޭގައި ސާފު ހަކަތަ ކުރިއެރުވުމުގެ މަޝްރޫޢުގެ 1 ވަނަ ފިޔަވަހީ ހަވާލުކުރުމުގެ ރަސްމިއްޔާތު’

މާލޭގައި ސާފު ހަކަތަ ކުރިއެރުވުމުގެ މަޝްރޫޢުގެ 1 ވަނަ ފިޔަވަހީ ހަވާލުކުރުމުގެ ރަސްމިއްޔާތު’

މާލޭގައި ހިންގާ ސާފު ހަކަތަ ކުރިއެރުވުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ހިރިޔާ ސްކޫލުގައި ބާއްވައިފިއެވެ. ހެނދުނު 11:00 ގައި ފެށި މި ރަސްމިއްޔާތު ފައްޓަވައިދެއްވީ މޯލްޑިވްސްގެ ރައީސް ހދ. ޑރ.މުޙައްމަދު ވަޙީދާއި، ޖަޕާނުން މޯލްޑިވްސްއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހދ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ސަރުކާރުގެ މަތީ ފެންވަރުގެ އެހެން ބޭފުޅުން ހިމެނޭ ގޮތަށް އެކިއެކި އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭގައި ސާފު ހަކަތަ ޕްރޮމޯޓް ކުރުމުގެ މަޝްރޫއު’ އަކީ މާލޭގެ އާންމު އިމާރާތްތަކުގައި ސޯލާ ރޫފްޓޮޕް ގްރިޑް ކަނެކްޓެޑް ޕީވީ ސިސްޓަމް ގާއިމް ކުރުމުގެ މަގުސަދުގައި ޖަޕާނު ސަރުކާރުން މޯލްޑިވްސްއަށް ފޯރުކޮށްދޭ 1 ބިލިއަން ޔެންގެ ހިލޭ އެހީއެކެވެ. އަދި އޭގެ އިމްޕްލިމެންޓޭޝަން ޕާޓްނަރުންނަކީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން ސިސްޓަމްސް (ޖީއައިސީއެސް) އާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓް (އެމްއެޗްއީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި މޯލްޑިވްސް އެނާޖީ އޮތޯރިޓީ (އެމްއީއޭ) އާއި ގުޅިގެންނެވެ.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ މޯލްޑިވްސްގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީތައް ކާމިޔާބުކަމާއެކު ދައްކާލުމުގެ މައިލްސްޓޯނެއް ކަމަށާއި، އިންވެސްޓަރުންނަށް އިތުބާރު ލިބިގެންދާނެ މަޝްރޫޢެކެވެ. އަދި ކާބަން ނިއުޓްރަލް ޓާގެޓަކީ ފޮސިލް ފިއުލްއަށް ބަރޯސާވުން ކުޑަކުރުމުގެ ސްޓްރެޓެޖީއެއްގެ ގޮތުގައި ސިފަކުރެއްވިއިރު، ތެލުގެ އަގު ބޮޑުވުމަށް އިގްތިސާދީ ހައްލެއް ލިބިދާނެކަން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ދައްކުވައިދިނެވެ.