FaviconLogo

މޯލްޑިވްސް އެނާޖީ ސެކްޓަރ އަށް ރެގިއުލޭޓަރީ ފްރޭމްވޯކެއް އެކުލަވާލުން

މޯލްޑިވްސް އެނާޖީ ސެކްޓަރ އަށް ރެގިއުލޭޓަރީ ފްރޭމްވޯކެއް އެކުލަވާލުން

މޯލްޑިވްސްގެ ހަކަތަ ދާއިރާއަށް ރެގިއުލޭޓަރީ ފްރޭމްވޯކެއް އެކުލަވާލުމާ ބެހޭ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރ ބައްދަލުވުންތައް 17-19 އޭޕްރީލް 2012 އަށް ކުރިއަށް ގެންގޮސްފައިވާއިރު، ވޯލްޑް ބޭންކުގެ ފަންނީ އެހީތެރިކަމުގެ ދަށުން ހޯދި ކޮންސަލްޓަންޓުން ވަނީ މޯލްޑިވްސްގެ ހަކަތަ ދާއިރާއަށް ރެގިއުލޭޓަރީ ފްރޭމްވޯކެއް އެކުލަވާލުމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ އަޕްޑޭޓް ދީފައެވެ.

މި ބައްދަލުވުންތަކުގައި ކޮންސަލްޓަންޓުން ތައްޔާރުކުރި އިންވެސްޓްމަންޓް އެޕްރައިސަލް އަދި އެޕްރޫވަލް ޑޮކިއުމަންޓްތަކަށް އޮޕަރޭޓަރ ލައިސަންސިންގ ރެގިއުލޭޝަން، ފީ، ސްޓޭންޑަރޑް ޕަވަރ ޕާޗޭސިންގ އެގްރީމަންޓް، އަދި ފައިނޭންޝަލް މޮޑެލްގެ ޑްރާފްޓްތައް ސްޓޭކްހޯލްޑަރުންނަށް ހުށަހަޅާފައިވެއެވެ.

ޕްރެޒެންޓޭޝަނަށް ފަހު ސްޓޭކްހޯލްޑަރުންނަށް ޑްރާފްޓް ލިޔެކިޔުންތަކާ ގުޅޭ ގޮތުން ކޮމެންޓް ކުރުމާއި ޚިޔާލު ދިނުމުގެ ފުރުސަތު ދީފައިވެއެވެ.