FaviconLogo

ވޮޝިންޓަން ޑީސީގައި ބޭއްވި އިއާދަކުރަނިވި ހަކަތަ ރިސޯސް މެޕިން ފޯރަމްގައި މޯލްޑިވްސް ބައިވެރިވެއްޖެއެވެ

ވޮޝިންޓަން ޑީސީގައި ބޭއްވި އިއާދަކުރަނިވި ހަކަތަ ރިސޯސް މެޕިން ފޯރަމްގައި މޯލްޑިވްސް ބައިވެރިވެއްޖެއެވެ

ވޯލްޑް ބޭންކުން ސްޕޮންސަރ ކުރާ އެނާޖީ ސެކްޓަރ މެނޭޖްމަންޓް އެންޑް އެސިސްޓެންސް ޕްރޮގްރާމް (އީއެސްއެމްއޭޕީ)ގެ އިއާދަކުރަނިވި ހަކަތަ ރިސޯސް މެޕިންގ ފޯރަމްގައި ވޮޝިންޓަން ޑީސީގައި މެއި 9، 2012 ގައި ބޭއްވި ފޯރަމްގައި ސްޕީކަރެއްގެ ގޮތުގައި މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް އަޖުވާދު މުސްތަފާ ބައިވެރިވެވަޑައިގެންފިއެވެ.

މި އިވެންޓުގެ ސަބަބުން އިއާދަކުރަނިވި ހަކަތަގެ ވަސީލަތްތައް މެޕިންގ އާއި ބެހޭ ޢިލްމާއި ތަޖުރިބާ ހިއްސާކުރުމަށް މަގުފަހިވެގެން ދިޔައެވެ. އެއީ ރިސޯސް މެޕިން ދިރާސާތައް ކުރުމަށް ޝައުގުވެރިވާ، އަދި ތަޖުރިބާ ހުރި ގައުމުތަކުގެ މަންދޫބުން އެއްތަނަކަށް އެއްކޮށްގެން - ތަޖުރިބާކާރުންނާއި، ހިދުމަތްދޭ ފަރާތްތަކާއި، ޑޯނަރ ގައުމުތަކުގެ މަންދޫބުންނާ އެކުގަ އެވެ.

އަޖުވާދު ދެއްކެވި ވާހަކަފުޅުގައި މޯލްޑިވްސްއަށް އިއާދަކުރަނިވި ހަކަތަ މެޕިންގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.