FaviconLogo
Energy

އެނާޖީ އެކްސެސް އެންޑް އެނާޖީ ސެކިއުރިޓީއާ ބެހޭ ސަބް ރީޖަނަލް ކޮންސަލްޓޭޝަން މީޓިންގައި މޯލްޑިވްސް ބައިވެރިވެއްޖެ އެވެ

އެނާޖީ އެކްސެސް އެންޑް އެނާޖީ ސެކިއުރިޓީއާ ބެހޭ ސަބް ރީޖަނަލް ކޮންސަލްޓޭޝަން މީޓިންގައި މޯލްޑިވްސް ބައިވެރިވެއްޖެ އެވެ

މޯލްޑިވްސް އިން 6-7 ނޮވެމްބަރ 2012 އަށް ނިއުދިއްލީގައި ބޭއްވި “އެނާޖީ އެކްސެސް އެންޑް އެނަރޖީ ސެކިއުރިޓީ: ޕްރޮސްޕެކްޓްސް އެންޑް ޗެލެންޖްސް ފޯރ ރީޖަނަލް ކޯޕަރޭޝަން” ގެ ސަބް ރީޖަނަލް ކޮންސަލްޓޭޝަން ބައްދަލުވުމުގައި ބައިވެރިވެއްޖެއެވެ.

މި ސަބްރީޖަނަލް މަޝްވަރާއަކީ މިއަހަރު ބެންކޮކްގައި ބޭއްވި އީއެސްސީއޭޕީ ކޮމިޝަންގެ 67 ވަނަ ޖަލްސާއިން ދިން މެންޑޭޓާ އެއްގޮތަށް ރަޝިޔާގެ ވްލަޑިވޮސްޓޮކްގައި 2013 ވަނަ އަހަރުގެ މެއި/ޖޫން މަހު މިނިސްޓަރު ފެންވަރުގައި ބާއްވާ އޭޝިއާ ޕެސިފިކް އެނާޖީ ފޯރަމް (އޭޕީއީއެފް) އަށް ތައްޔާރުވުމުގެ މަރުހަލާގެ ބައެކެވެ.

މި ތައްޔާރީ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވާ ޤައުމުތަކުން ލިބިފައިވާ ގޮންޖެހުންތަކާއި ކުރިއެރުންތައް ހުށަހަޅައި މަޝްވަރާކޮށްފައިވަނީ ސަރަޙައްދީ ފެންވަރުގައި ހަކަތަގެ ރައްކާތެރިކަން އިތުރުކުރުމާއި ހަކަތަ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށެވެ.

މި މަޝްވަރާ ޕްރޮސެސްއަށް އެހީތެރިވުމުގެ ގޮތުން އީއެސްސީއޭޕީން ހުށަހެޅީ ކުރިއަށްދާ ބައްދަލުވުންތަކުގައި މަޝްވަރާތަކުގެ އަސާސެއްގެ ގޮތުގައި ބޭނުންކުރެވޭނެ ކަމަށް ބެލެވޭ ބެކްގްރައުންޑް ސްޓަޑީއެކެވެ. ބައިވެރިން ފޯރުކޮށްދިން އިންޕުޓްތަކާއި ހުށަހެޅުންތަކާއި ލަފާތަކަށް ބިނާކޮށް، ދެކުނު އަދި ހުޅަނގު ދެކުނު އޭޝިއާގެ މި ސަބް ރީޖަނަލް ޕާސްޕެކްޓިވްސް ދިރާސާ ފައިނަލް ކުރެވޭނެއެވެ.

މި ތައްޔާރީ މަޝްވަރާ ބައްދަލުވުމުގެ ނަތީޖާ ރިޕޯޓް ކުރެވޭނީ 2013 ވަނަ އަހަރުގެ މެއި/ޖޫން މަހު ބާއްވާ މިނިސްޓަރު ބައްދަލުވުމުގެ ކުރިން 21-23 ނޮވެމްބަރ 2012 އަށް ބެންކޮކްގައި ބާއްވާ ރީޖަނަލް އެކްސްޕާރޓް ގްރޫޕް ބައްދަލުވުމުގައެވެ.

pic-20121119-subregional-consultation-meeting-energy-access-security-01-650x350.jpg
pic-20130815-tariff-methodology-presented-service-providers-01-790x444.jpg