ކޮންސަލްޓިން ސާވިސަސް އެންޑް ގޫޑްސް ހޯދުމާ ބެހޭ ގޮތުން ބާއްވާ ހާއްސަ ސެމިނާއެއްގައި އެމްއީއޭ އިން ބައިވެރިވެއްޖެ އެވެ

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ޓްރޭޑާސް ހޮޓެލް މޯލްޑިވްސްގައި 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޮންސަލްޓިންގ ސާވިސަސް އެންޑް ގޫޑްސް ހޯދުމުގެ ޚާއްޞަ ސެމިނާރގައި މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ. މި މަހާސިންތާގައި ސަރުކާރުގެ ބޮޑެތި އިދާރާތަކުން ބައިވެރިވި ފަދައިން؛ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ؛ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ؛ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ؛ އޮފީސް އޮފް ޕްރޮޖެކްޓްސް އެންޑް ޕްރޮގްރާމްސް އެންޑް ފެނަކާ ކޯޕަރޭޝަން މި މަހާސިންތާ ހުށަހެޅުއްވީ އަލްފާޟިލް ބާންހަޑް އާރް ޒެންޓިގްރާޓް އެވެ. އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަދި އުމުރުގެ ބޮޑު ބައެއް ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕްރެކްޓިސް ކުރައްވާފައިވާ މިސްޓަރ ބާންހަޑަކީ ޕްރޮކިއުމަންޓް އެންޑް ކޮންސަލްޓެންސީގެ ދާއިރާގެ މާހިރެކެވެ. މި މަހާސިންތާގައި އޭނާ ވަނީ ބިޑިންގ ޕްރޮސެސްއާއި ކޮންސަލްޓިންގ ޚިދުމަތްތައް ހޯދުމުގެ މައުޟޫޢުގައި ލެކްޗަރ ދެއްވާފައެވެ.
