ނެޓް މީޓަރިންގ ރެގިއުލޭޝަން އިފްތިތާހުކޮށްފިއެވެ

ޤައުމީ ފެންވަރުން ވަކިވަކި ފަރުދުންނާއި އަމިއްލަ ފަރާތްތަކުން އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް މަގުފަހިކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ޔުޓިލިޓީގެ ޕަވަރ ގްރިޑްތަކާ ގުޅުވައިދޭ “ނެޓް މީޓަރިންގ ރެގިއުލޭޝަން” މިއަދު އިފްތިތާހުކޮށްފިއެވެ. މިއީ މޯލްޑިވްސް އިން ލިބެންހުރި ސާފު ހަކަތަ ބޭނުންކުރުމުގައި އާންމުންނަށް ހިތްވަރު ދިނުމަށާއި، އިމްޕޯޓް ކުރާ ތެލަށް ބަރޯސާވުން ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ. މި ރަސްމިއްޔާތު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ތޯރިޤު އިބްރާހިމްއެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި މި ހަރަކާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ސަރުކާރުގެ މުއައްސަސާތަކާއި ޔުޓިލިޓީސްގެ ލީޑިން ޕާސަނަލް ބައިވެރިވެފައިވެއެވެ.
ނެޓް މީޓަރިން ގަވާއިދުގެ ދަށުން އިއާދަކުރަނިވި ހަކަތައިން އަމިއްލައަށް ހަކަތަ އުފެއްދުމަށް އިންވެސްޓް ކުރެވޭނެ އެވެ. އިއާދަކުރަނިވި ހަކަތައިން ކަރަންޓް ބޭނުންވާ ބައެއް އުފެއްދުމުން ފެށިގެން ފުރިހަމައަށް ކަރަންޓް އުފެއްދުމުގެ ފެންވަރު ކޮންސިއުމަރުންނަށް ނިންމޭއިރު، އާ ގަވާއިދުގެ ދަށުން ބޭނުން ނުކުރާ ކަރަންޓް ލޯކަލް ސާވިސް ޕްރޮވައިޑަރުގެ ކަރަންޓް ގްރިޑަށް ވެސް ފޯރުކޮށްދެވޭނެ އެވެ. ކޮންސިއުމަރުން ފޯރުކޮށްދޭ ކަރަންޓް ކްރެޑިޓްކޮށް ސެޓްލް ކުރެވޭނީ ހިދުމަތްދޭ ފަރާތުން ބިލްކުރާ އަދަދުތަކުންނެވެ. އެކަމުގެ ސަބަބުން ގަވާއިދުގެ ދަށުން ހިދުމަތް ދެމުންދާ ކޮންސިއުމަރުންނަށް ކަރަންޓަށް ކުރާ ހަރަދު ކުޑަކުރުމެވެ.
އެއީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްގީކުރުމުގެ ދާއިރާއިން މިހާތަނަށް ހާސިލްކުރެވިފައިވާ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށް އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ. އަދި 500،000 އެމްވީއާރުގެ ލޯނު ސްކީމެއް ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ގްރީން ފަންޑާ ބެހޭ ގޮތުން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.









