Regarding collection of Electrical Professional License

ނަންބަރު: (IUL)485-AP/1/2024/7

އިޢުލާން

ކަރަންޓު މަސައްކަތްކުރުމުގެ ލައިސަންސު ކާޑު ދޫކުރުމާ ގުޅޭ

      މި އޮތޯރިޓީން ތަންފީޒު ކުރަމުންދާ  ޤާނޫނު ނަންބަރު 2021/18 (ދިވެހި ރާއްޖޭގެ ހަކަތައިގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަރަންޓު މަސަތްކަތްކުރާ ފަރާތްތަކަށް މި އޮތޯރިޓީން އަންނަނީ ކަރަންޓު މަސައްކަތްކުރުމުގެ ލައިސަންސު ދޫކުރަމުންނެވެ. މިގޮތަށް ދޫކުރާ ކާޑުތައް ހެއްދުމަށްފަހު އެ ހުށަހަޅާ ފަރާތްތަކުން ގިނަ ދުވަސްތަކެއް ވަންދެން ކާޑު ނުގެންގޮސް ހުންނަކަންވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން ލައިސަންސަށް އެދި ފޯމު ހުށަހަޅުއްވާ ފަރާތްތަކުން ލައިސަންސު ކާޑު ނިމި މި އޮތޯރިޓީން ކާޑު ނިމުނުކަން އަންގާތާ 30 ދުވަހުގެ ތެރޭގައި ލައިސަންސު ކާޑު ނެންގެވުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ހަވާލުނުވެ ހުންނަ ލައިސަންސު ކާޑުތައް ނައްތާލެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މިފަދައިން ނައްތާލެވޭ ކާޑުތައް އަލުން ހައްދައިދެވޭނީ އައު އެޕްލިކޭޝަނެއްގެ ގޮތުގައި ލައިސަންސަށް އެދި އަލުން މި އޮތޯރިޓީއަށް ފޯމު ހުށަހެޅުމުންނެވެ. އަދި މިފަދަ ހާލަތެއްގައި، ލައިސަންސް ކާޑު ނުލިބުމުގެ ނުވަތަ ކާޑު ލިބުން ލަސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް މި އޮތޯރިޓީން ޒިންމާނުވާނެ ވާހަކަވެސް ހިތާމަޔާއެކު ދަންނަވަމެވެ.

ވީމާ، ލައިސަންސް ކާޑު ނިމިފައިވާކަން މި އޮތޯރިޓީން އަންގާފައިވާ ފަރާތްތަކުން، މި އިޢުލާނުގެ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކާޑާ ހަވާލުވުމަށް ދަންނަވަމެވެ. އަދި ލައިސަންސަށް އެދޭ ފަރާތްތަކުން 30 ދުވަހުގެ ތެރޭގައި ކާޑާ ހަވާލުވެލެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަމެވެ.

 

19 ޝަޢްބާން 1445

29 ފެބުރުވަރީ 2024