ޤައުމީ ފެންވަރުން ވަކިވަކި ފަރުދުންނާއި އަމިއްލަ ފަރާތްތަކުން އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް މަގުފަހިކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ޔުޓިލިޓީގެ ޕަވަރ ގްރިޑްތަކާ ގުޅުވައިދޭ “ނެޓް މީޓަރިންގ ރެގިއުލޭޝަން” މިއަދު އިފްތިތާހުކޮށްފިއެވެ. މިއީ މޯލްޑިވްސް އިން ލިބެންހުރި ސާފު ހަކަތަ ބޭނުންކުރުމުގައި އާންމުންނަށް ހިތްވަރު ދިނުމަށާއި، އިމްޕޯޓް ކުރާ ތެލަށް ބަރޯސާވުން ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ. މި ރަސްމިއްޔާތު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ތޯރިޤު އިބްރާހިމްއެވެ.