ކަރަންޓުގެ އަގު ތިރި ކުރުން

މާލެ، ހުޅުމާލެ އަދި ވިލިމާލެ ނޫން ހުރިހާ ރަށަކަށް ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓުގެ އަގު ދަށްކޮށް، ތެލުގެ ޑިސްކައުންޓް ލިބޭގޮތަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީއިން 29 އޭޕްރިލް 2019 ގައި ވަނީ ނިންމާފައެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓުގެ އަގުތަކަށް ބަދަލު ނާންނަކަމުގައިވީނަމަވެސް، ތެލުން ލިބޭ ޑިސްކައުންޓް ލިބޭނެއެވެ. ފިއުލް ޑިސްކައުންޓް ލިބޭނީ، ބޭނުން ކުރާ ކޮންމެ ކަރަންޓު ޔުނިޓަކަށް 12 ލާރީގެ ރޭޓުންނެވެ.

މީގެ އިތުރުން، މާލެ، ހުޅުމާލެ، ވިލިގިލި، ފުވައްމުލަށް އަދި އައްޑޫ ނޫން ހުރިހާ ރަށްތަކަށް ބިޒަންސް ކެޓަގަރީގެ ކަރަންޓުގެ އަގުވެސް ވަނީ ހެޔޮކޮށްފައެވެ. އަދި މި ބަދަލާއި އެކު، ތެލުން ލިބޭ ޑިސްކައުންޓްވެސް ލިބިގެންދާނެއެވެ. މާލެ، ހުޅުމާލެ، ވިލިގިލި، ފުވައްމުލަށް އަދި އައްޑޫގައި ކުރިންވެސް ދެމުންދިޔަ އަގުތަކަށް ބަދަލެއް ނާންނާނެއެވެ. އެހެންނަމަވެސް، ތެލުގެ ޑިސްކަައުންޓް އެރަށްތަކުގައި ބޭނުންކުރާ ހުރިހާ ވިޔަފާރިތަކަށް ޔުނިޓަކަށް 12 ލާރީގެ ރޭޓުން ލިބެމުން ދާނެއެވެ.

ކަރަންޓުގެ އަގުތަކަށް އައިސްފައިވާ ބަދަލުތައް ތިރީގައިވާ ތާވަލުތަކުގެ އެވަނީއެވެ.

ޑޮމެސްޓިކް ކެޓަގަރީގެ އަގުތަކަށް އައި ބަދަލު

 

 

ބިޒްނަސް ކެޓަގަރީގެ އަގުތަކަށް އައި ބަދަލު