ޔުޓިލިޓީ ނިޒާމުތަކާއި ފެސިލިޓީތަކުގެ ފަޔަރ ސޭފްޓީ ކުރެހުންތައް ފާސްކުރުމާ ބެހޭ

ފެނާއި ނަރުދަމާގެ ޤާނޫނު (2020/8)، ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނު (18/2021)، އަދި ކުނި މެނޭޖްކުރުމުގެ ޤާނޫނު (24/2022)، ގެ ދަށުން ޔުޓިލިޓީގެ ހިދުމަތްތަކުގެ ފަރުމާ ތަކަކީ މި އޮތޯރިޓީއަށް ހުށަހަޅައިގެން ފާސްކުރަންޖެހޭ ފަރުމާތަކެކެވެ. އާންމު ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުން ޔަގީން ކުރުމަށްޓަކައި، 01 ނޮވެންބަރު 2023 އިން ފެށިގެން މި އޮތޯރިޓީއަށް ހުށަހަޅާ އާންމު ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގެ ފަރުމާ ކުރެހުންތަކުގައި ފަޔަރ ސޭފްޓީ ކުރެހުން އަދި ކެމިކަލް ރައްކާކުރާ ތަންތަނުގެ ކުރެހުން ހުންނަން ާ ތަންތަނުގެ ކުރެހުން ހުންނަން ވާނީ އެކަމަށްޓަކައި މިނިސްޓްރީ އޮފް ޑިފެންސްއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތައް ފަރުމާކުރެވިފައެވެ. އަދި އާންމު ހިދުމަތްދޭ ތަންތަނުގައި ޤާއިމްކުރާ ފަޔަރ ސޭފްޓީ ސިސްޓަމްތައް ފަރުމާކުރެވިފައި ހުންނަން ވާނީ މިނިސްޓްރީ އޮފް ޑިފެންސްއިން ހުއްދަ ދެއްވާފައިވާ ފަރާތެއް/ކުންފުންޏެއް މެދުވެރިކޮށެވެ.

ވީމާ 01 ނޮވެންބަރު 2023 އިން ފެށިގެން މިއޮތޯރިޓީ އަށް ހުށަހަޅާ އާންމު ހިދުމަތްތަކުގެ ފަރުމާ ކުރެހުންތަކުގައި ހިމެނޭ ފަޔަރ ސޭފްޓީ ކުރެހުންތައް އަދި ކެމިކަލް ރައްކާކުރާ ތަންތަނުގެ ކުރެހުންތައް ހުންނަންވާނީ، މިނިސްޓްރީ އޮފް ޑިފެންސްއަށް ހުށަހަޅައި އެޕްރޫވްކޮށްފައެވެ.

ގެޒެޓް