ޑޮމެސްޓިކް ގިންތީގެ ކަރަންޓުގެ އަގަށް ގެނެވުނު ބަދަލު އެމް.އީ.އޭ. އިން ފާސްކޮށްފި

މީހުން ދިރިއުޅޭ ރަށްރަށުގެ ޑޮމެސްޓިކް ގިންތީގެ ކަރަންޓު އަގަށް ގެނައި ބަދަލު މޯލްޑިވްސް އެނަރޖީ އޮތޯރިޓީން މިއަދު ފާސްކޮށްފިއެވެ. މިކަން އިޢުލާނުކުރީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިއަދު ފާސްކުރި އަގު ބެހިފައިވަނީ ދެ އޮނިގަނޑަކަށެވެ. އެއީ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިނގިލި) އާއި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށްތައް ހިމެނޭ އޮނިގަނޑުގެ މައްޗަށެވެ.

ކަރަންޓުގެ އަގަށް މި ގެނައި ބަދަލުގެ ސަބަބުން ކަރަންޓު ބިލުތަކަށް އަރާނެ އަގު، އެމް.އީ.އޭ.ގެ ވެބްސައިޓުގައިވާ ބިލް ކަލްކިއުލޭޓަރު ބޭނުންކޮށްގެން އަންދާޒާކޮށްލެވޭނެއެވެ.