FaviconLogo

ދާއިރާތައް

ފެނާއި ނަރުދަމާ
ފެނާއި ނަރުދަމާ
އާންމު ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ފެނާއި ނަރުދަމާގެ ހިދުމަތްތައް ރެގިއުލޭޓްކުރުން
ހަކަތަ
ހަކަތަ
ހަކަތަ އުފެއްދުމާއި، ހަކަތަ ބޭނުންކުރުމާއި، ހަކަތަ ފޯރުކޮށްދިނުމުގެ ކަންކަން ރެގިއުލޭޓްކުރުން
ކުނި މެނޭޖުކުރުން
ކުނި މެނޭޖުކުރުން
ތިމާވެއްޓާއި އާންމު ސިއްޙަތު ރައްކާތެރިކުރުމަށް، ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ރެގިއުލޭޓްކުރުން
ޕެޓްރޯލިއަމް
ޕެޓްރޯލިއަމް
ޕެޓްރޯލިއަމްއާއި ޕެޓްރޯލިއަމްގެ އުފެއްދުންތަކާއި، އެތަކެތި ރައްކާކުރުމާއި، އުފުލުމުގެ މިންގަނޑުތައް ކަނޑައެޅުން

އެންމެ ފަހުގެ ޚަބަރުތައް

ޔުޓިލިޓީ ޚިދުމަތްތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ލ. ގަމުގައި މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވައިފި

ޔުޓިލިޓީ ޚިދުމަތްތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ލ. ގަމުގައި މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވައިފި

ޔުޓިލިޓީ ޚިދުމަތްތައް ރެގިއުލޭޓްކުރުމުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) ގެ ދައުރާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، އެ އޮތޯރިޓީން ލ. ގަމުގައި މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

11/20/2025
ކ. ހުރާ ކައުންސިލާ އެކު ސޮއިކޮށްފައިވާ ފަހުމުނާމާ އައުކޮށްފި

ކ. ހުރާ ކައުންސިލާ އެކު ސޮއިކޮށްފައިވާ ފަހުމުނާމާ އައުކޮށްފި

ކ. ހުރާގެ ފެނުގެ ނިޒާމުން ފޯރުކޮށްދޭ ފެނުގެ ފެންވަރު މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ކ. ހުރާ ކައުންސިލާ ދެމެދު ވެފައިވާ ފަހުމުނާމާ އައުކޮށްފިއެވެ.

10/02/2025
ޔުޓިލިޓީ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި،  އެންވަޔަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީން  ޔޫ.އާރު.އޭ އަށް ޑްރޯން ހަވާލުކުރުން

ޔުޓިލިޓީ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، އެންވަޔަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީން ޔޫ.އާރު.އޭ އަށް ޑްރޯން ހަވާލުކުރުން

ޔުޓިލިޓީ ޚިދުމަތްތައް ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އަށް ޑްރޯންތަކެއް ހަވާލުކޮށްފިއެވެ. މި ޑްރޯންތައް ބޭނުންކުރުމުގެ މައިގަނޑު މަޤްޞަދަކީ ޔުޓިލިޓީ ޚިދުމަތްތައް މޮނިޓަރކުރުމާއި، އިންސްޕެކްޓްކުރުމުގެ އިތުރުން، ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރާ މިންވަރު ބެލުން މިހާރަށްވުރެ ހަރުދަނާކުރުމެވެ. މީގެ ސަބަބުން ފީލްޑް ސަވައިލަންސްގެ މަސައްކަތްތަކަށާއި، މަޢުލޫމާތު އެއްކުރުމަށާއި، އަދި ހިންގުމުގެ ދާއިރާގައި ގަވާއިދުތައް ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. Drag މިއީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، ރެގިއުލޭޓްކުރުމުގެ ނިޒާމުގެ ނަތީޖާ ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، މިއީ ދެ މުއައްސަސާގެ ޤާނޫނީ މެންޑޭޓާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މި އެއްބާރުލުމަކީ ދެ މުއައްސަސާ ގުޅިގެން، ޓެކްނޮލޮޖީގެ އެހީގައި ވިލަރެސްކުރެވިފައިވާ އަދި ހަރުދަނާ ރެގިއުލޭޓަރީ މާޙައުލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވުނު މުހިންމު ހަރަކާތެކެވެ.

09/07/2025
ސޯލާ ޕީވީ ތަޖުރިބާކާރުންގެ ޓީމެއް ދިއްފުށީ ޖަޒީރާއަށް ޒިޔާރަތްކޮށްފި އެވެ

ސޯލާ ޕީވީ ތަޖުރިބާކާރުންގެ ޓީމެއް ދިއްފުށީ ޖަޒީރާއަށް ޒިޔާރަތްކޮށްފި އެވެ

ޖަޕާނުގެ ކަންސައި އިލެކްޓްރިކް ޕަވަރ ކޮމްޕެނީ އާއި މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ތަޖުރިބާކާރުން ހިމެނޭ ތަޖުރިބާކާރުންގެ ޓީމަކުން ކ.ދިއްފުށީ އައިލެންޑްގައި ސޯލާ ޕީވީ ގްރިޑް ކަނެކްޓެޑް ސިސްޓަމް ޑިޒައިން ކުރުމަށް ބޭނުންވާ ފުރަތަމަ އަތުން ޑޭޓާ އެއްކުރުމަށް 13 އޭޕްރީލް 2012 ގައި ކ.

05/21/2025
އެމްއީއޭ އިން ކަރަންޓް ސިސްޓަމްތައް އިންސްޕެކްޓް ކުރުމުގެ ޕްރޮގްރާމެއް ފަށައެވެ

އެމްއީއޭ އިން ކަރަންޓް ސިސްޓަމްތައް އިންސްޕެކްޓް ކުރުމުގެ ޕްރޮގްރާމެއް ފަށައެވެ

މޯލްޑިވްސް އެނާޖީ އޮތޯރިޓީ (އެމްއީއޭ) އިން މޯލްޑިވްސްގައި ގާއިމްކޮށްފައިވާ ކަރަންޓް ނިޒާމުތައް ބަލައި ފާސްކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ އެމްއީއޭއިން ހިންގާ މިންގަނޑާއި ގަވާއިދުތަކާ އެއްގޮތަށް ކަރަންޓުގެ ނިޒާމުތައް ގެނައުމެވެ.

02/21/2025
ޚިދުމަތްދޭ ފަރާތްތަކަށް އާ ކަރަންޓް ޓެރިފް މެތޮޑޮލޮޖީ ހުށަހަޅައިފި

ޚިދުމަތްދޭ ފަރާތްތަކަށް އާ ކަރަންޓް ޓެރިފް މެތޮޑޮލޮޖީ ހުށަހަޅައިފި

މޯލްޑިވްސް އެނާޖީ އޮތޯރިޓީ (އެމްއީއޭ) އިން އިންތިޒާމްކޮށްގެން ކަރަންޓް ޓެރިފްގެ އާ ޑްރާފްޓް މެތޮޑޮލޮޖީ ކަރަންޓް ހިދުމަތްދޭ ފަރާތްތަކަށް ހުށަހެޅުމުގެ ބައްދަލުވުމެއް 13 އޮގަސްޓް 2013 ގައި ބޭއްވި މި ބައްދަލުވުން އޮތީ ސްޓެލްކޯ އާއި ފެނަކާ ހެޑް އޮފީހުގަ އެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން އައްޔަންކުރި ކޮންސަލްޓަންޓް މިސްޓަރ ޖޯޖް ބިރްޗާ އާއި އެމްއީއޭގެ ޓެކްނިކަލް ޓީމުން ރިސޯސް ޕާސަންސްގެ ގޮތުގައި ބައިވެރިވެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ. މުޅި އިގްތިސާދާއި އާންމުކޮށް ކަރަންޓް ދާއިރާއަށް މިދިޔަ އަހަރުތަކުގައި ބޮޑެތި ސްޓްރަކްޗަރަލް ބަދަލުތަކެއް އައިސްފައިވާއިރު، މި ބަދަލުތަކުގެ ބޮޑުކަމާއި ހިދުމަތްދޭ ފަރާތްތަކަށާއި ކަސްޓަމަރުންނަށް ކުރާ އަސަރު ވަޒަންކުރުމަށް ޓެރިފް ރިވިއުއެއް ކުރެވިފައެއް ނުވެ އެވެ.

10/02/2024

ޕަބްލިކޭޝަންސް

މިއޮފީހުގެ ފަރާތުން ރަސްމީކޮށް ޝާއިޢުކޮށްފައިވާ އެންމެ ފަހުގެ ލިޔުންތައް